ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް 'ޓީމް ބިލްޑިންގ' ހަރަކާތެއް ކުރިއަށްގެންގޮސްފި
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް 'ޓީމް ބިލްޑިންގ' ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ކ. ތުލުސްދޫގައި ބޭއްވި ސްޓާފް ރިޓްރީޓުގެ ތެރެއިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ކޮމިޝަނުގެ 65 މުވައްޒަފުން ބައިވެރިވިއެވެ.
މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނުވައި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި ޝައުޤުވެރި ޓީމް ބިލްޑިންގ ގޭމްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަރަކާތްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.
