logo
banner image

އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމާ ގުޅޭ ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބުރު 29 ޖޫން 2026 ގައި ފަށައިފިއެވެ.

މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އައު މަރުހަލާއަކަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް ހުރި ހުރަސްތައް ނައްތާލައި، ދިވެހި އުފެއްދުންތަކަށް އިންޑިއާގެ ބޮޑު މާކެޓުން ފަސޭހަކަމާއެކު ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ މަންފާ އިތުރުކުރުމެވެ.