"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 6 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
ކަނޑައެޅޭ ވަކި ގުޅުންހުރި މުވައްޒަފަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުން 6.
(ހ) ދައުލަތުގެ އޮފީހަކުން އަންނަނިވި އެއްވެސް މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިަޔަފާރީގެ މުއާމަލާތެއް ހިންގައިގެން ނުވާނެއެވެ. އަދި މި އުސޫލުގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާގެ ދަށުން ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިަޔަފާރީގެ މުއާމަލާތެއް ހިންގުމަށް ހުއްދަ ދީގެން ނުވާނެއެވެ.
1. ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނަ އެންމެ އިސް މުވައްޒަފު؛
2. ފައިސާ އާއި ބެހޭ ޑިޕާޓްމަންޓްގެ އެންމެ އިސް މުވައްޒަފު؛
3. އެ ޕްރޮކިއުމަންޓާއި ގުޅޭ ޑިޕާޓްމަންޓްމެންޓެއްގެ އެންމެ އިސް މުވައްޒަފެއް؛
4. ޕްރޮކިއުމަންޓްގެ ޚިދުމަތްދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފެއް؛
5. ބިޑް ކޮމެޓީއާއި ޕްރޮކިއުމަންޓާއިބެހޭ އެހެނިހެން ކޮމެޓީގެ ތަކުގެ މެންބަރެއް؛
6. ބިޑް ނުވަތަ ބީލަން އިވެލުއޭޓް ކުރާ ނުވަތަ ވަޒަންކުރާ ފަރާތެއް ނުވަތަ ވަޒަންކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމެޓީގެ މެންބަރެއް؛
7. މާލީ ޒިންމާދާރު ވެރިޔާ ނުވަތަ، ސެކެޓްރީ ޖެނެރަލް؛
8. ބިޑް ޑޮކިއުމެންޓް ނުވަތަ ޓެންޑަރ ޑޮކިއުމެންޓް ތައްޔާތުކުރުުމުގައި ބައިވެރިވާ ނުވަތަ އެހީވެދޭ ފަރާތެއް (މީގައި ބިޑް ޑޮކިއުމެންޓް ނުވަތަ ޓެންޑަރ ޑޮކިއުމެންޓް ތައްޔާތުކުރުުމަށް ކަނޑައަޅާފައިވާ ކޮންސަލްޓެންޓުންނާއި އެހެނިހެން މާހިރުންވެސް ހިމެނޭނެއެވެ)
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަަމަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ފަދަ ކުއްލި ހާލަތެއް ދިމާވެގެން މި މާއްދާގެ (ހ) ގައިވާ ފަރާތަކައެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގަން ޖެހިއްޖެ ހިނދެއްގައި، އެކަމަށް މިނިސްޓްރީން ހުއްދަ ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަަމަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތެއްގައި މިނިސްޓްރީއަށް ހުށަހަޅައި ލިއުމަކުން ހުއްދައެއް ލިބިގެންނެވެ.
