"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 5 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމަށް ހުއްދަދޭނެ ފަރާތާއި މިންގަނޑު ތިރީގައި އެވަނީއެވެ.
(ހ) ވިޔަފާރީގެ މުޢާމަލާތުގެ ޖުމްލަ އަގު 35,000/- ( ތިރީސް ފަސްހާސް) ރުފިޔާ އާއި ހަމައަށް ހުއްދަދޭނީ، މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރުމަށް ލިއުމަކުން އޭނާ ހުއްދަދީފައިވާ ފަރާތެވެ.
(ށ) ވިޔަފާރީގެ މުޢާމަލާތުގެ ޖުމްލަ އަގު 35,000/- ( ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން -/5,000,000 (ފަސް މިލިއަން) ރުފިޔާ އާއި ހަމައަށް ހުއްދަދޭނީ ބިޑް ކޮމެޓީންނެވެ.
(ނ) ވިޔަފާރީގެ މުޢާމަލާތުގެ ޖުމްލަ އަގު 35,000/- ( ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން ހުއްދަ ދޭނީ. ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ.
