logo
banner image

މިނިވަންކަމުގެ 60 އަހަރާއި އދ. ގެ މެންބަރުކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ "5 މިލިއަން ގަސް" އިންދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ،މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރާއްޖޭގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއި އެޗްޑީސީގެ މުވައްޒަފުނާއި އަދި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވިއެވެ.

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މިނިވަންކަމާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ފޮނި ހަނދާންތައް ދިރުވައި އާލާކުރުމެވެ. އަދި ހަމައެއާއެކު، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫޢަށް އެއްބާރުލުން ދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެކެވެ.