logo
banner image

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފ. ފީއަލި ކައުންސިލާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފ. ފީއަލީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު އަސްލަމް އަދި ފީއަލީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފީއަލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ފީއަލި ކައުންސިލާއި ވުޒާރާ ގުޅިގެން އެރަށުގައި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.