logo
banner image

ކަނޑުފަޅުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރަންޖެހޭ: ރައީސް

ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކަނޑުތައް ހޫނުވުމާއި، ފަރުތައް ހުދުވުމާއި، އަދި ރަށްގިރުމުގެ މައްސަލަތައް ހަލުވިކަމާއެކު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިކަންކަމުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅޭގޮތުން ދެއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަނޑުތަކާއި،ދުނިޔޭގެ މުސްތަޤްބަލާ ވަނީ ގުޅި ލާމެހިފައިކަމަށެވެ. މިއީ އަޅުގަނޑުމެންގެ ރައްޔިތުންނާ ނުހަނު ގާތް، އަމިއްލަ ގުޅުމެއް އޮތް ކަމެއްކަމަށާއި، މިއީ އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، ކާނާގެ ރައްކާތެރިކަމަށާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ސީދާ އަސަރުކުރާ މުހިންމު ކަމެއްކަމަށެވެ.

ކަނޑުތައް ހޫނުވުމާއި، ފަރުތައް ހުދުވުމާއި، އަދި ރަށްގިރުމުގެ މައްސަލަތައް ހަލުވިކަމާއެކު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަނޑުފަޅުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަކީ މިއަދު މަޖުބޫރު ކަމެއް. އެހެންކަމުން، މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކޮށް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސް ކަމުގައިވާ ކަނޑުފަޅުތައް ރައްކާތެރިކުރުމަށް އަތްގުޅާލަމާ ހިނގާ

ކަނޑުފަޅުގެ ރައްކާތެރިކަމަށްޓަކައި، ރާއްޖެއިން އަންނަނީ ދުރުވިސްނޭ ސިޔާސަތުތަކެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އޭގެ ތެރޭގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް އިތުރަށް ހަރުދަނާކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލެހެއްޓުމާއި، އަދި މުރަކަ އާލާކޮށް އިޔާދަކުރުން ހިމެ އަދިނޭކަމަށެވެ. މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށާއި، ރައްޔިތުންގެ ލާބަޔާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި، ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެގެން ފިޔަވަޅުތައް އެޅުމަށް ވެސް މި ސަރުކާރުން އިސްކަން ދެއްވާނެކަމަށެވެ.