"ޝަރުޢީ ދާއިރާގެ މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" 20 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ޝަރުޢީ ދާއިރާގެ މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
އިސްކަންދިނުން 22.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ޝަރުޢީ ދާއިރާއަށް ކަނޑައަޅާ ފައިސާ ދޫކުރުމާއި، ޝަރުޢީ ދާއިރާގެ ބެޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނީ މި އުސޫލަށެވެ. މި އުސޫލުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ޢަމަލުކުރާނީ ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ގަވައިދު ނަންބަރު R-158/2023 (ދައުލަތުގެ މާލިއްޔަތުގެ ގަވައިދު) އަށެވެ.
