ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އދ.އަތޮޅު ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.
އދ.މާމިގިލީގައި ހުންނަ އދ.އަތޮޅު ސްކޫލުގައި މޭ 10ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައ މާމިގިލި ފަޔަރ ސްޓޭޝަނުން ވަނީ ފަޔަރ ވެހިކަލް ބަހައްޓައި، ވެހިކަލްގައި ފޮޓޯ ނެގުމުގެ ފުރުސަތު، އެ ތަނަށް ޒިޔާރަތްކުރި ކުދީންނަށް ފަހިކޮށްދީފައެވެ.
