ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގައި މޭ 10ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ފަރާތުން ވަނީ ވޯލް ކްލައިމްބިންގގެ ފުރުސަތު އެ ސްކޫލުގެ ދަރިވަރުންނަށް ފަހިކޮށްދީފައެވެ.
ވޯލް ކްލައިމްބިންގއަށް މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
