logo
banner image

"ޝަރުޢީ ދާއިރާގެ މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" 18 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ޝަރުޢީ ދާއިރާގެ މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

މާލީ ކަންކަން ބަލަހައްޓާ ވެރީންގެ މަސްޢޫލިއްޔަތުތައް 20.

(ހ) ޝަރުޢީ ދާއިރާގެ މާލީ ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ބެލެހެއްޓުމަކީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ ލަފަޔާއި މަޝްވަރާގެ މަތިން، މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެކެވެ.

(ށ) ޝަރުޢީ ދާއިރާގެ ބަޖެޓު އެކުލަވާލުމުގައި ޝަރުޢީ ދާއިރާ ހިންގުމަށް އެކަށޭނަ ބަޖެޓެއް ކަނޑައެޅުމަކީ، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ ލަފައާއި މަޝްވަރާގެ މަތީން، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެކެވެ.

(ނ) ބަޖެޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޙަށް މިނިސްޓްރީއަށް ފޮނުވުމަކީ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެކެވެ.

(ރ) ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ޝަރުޢީ ދާއިރާގެ ބަޖެޓު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސްފަރާތަކީ، މާލީ ޒިންމާދާރުވެރިޔާ އެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ދައުލަތުގެ އިދާރާތަކުގެ މާލީ ޒިންމާދާރު ވެރީީންގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތައް، މި އުސޫލު ތަންފީޒުކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މާލީ ޒިންމާދާރު ވެރިޔާ އަދާކުރަންވާނެއެވެ.