ޓީމް ބިލްޑިންގ އެންޑް ލީޑަރޝިޕް ޕްރޮގްރާމެއް ޅ.އަތޮޅު ތަޢުލީމީ މަރުކަޒު ދަރިވަރުންނަށް ހިންގައިފި
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ޓީމް ބިލްޑިންގ އެންޑް ލީޑަރޝިޕް ޕްރޮގްރާމެއް، ޅ.އަތޮޅު ތަޢުލީމީ މަރުކަޒު ދަރިވަރުންނަށް ހިންގައިފިއެވެ.
މެއި 9ވަނަ ދުވަހު ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 1 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމުގައި އެ ސްކޫލުގެ 69 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ލީޑަރޝިޕްގެ ބައިތައް ދަރިވަރުންނަށް އުގަންނައިދީ، ކޮމާންޑް ޓާސްކްގެ އެކްސަސައިޒްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.
