އައްޑޫ ސިޓީ މަރަދޫ، ޓައުން އޮފީހުގެ މުވައްޒަފުންނަށް، ކޮމިއުނިކޭޝަން އެންޑް ޓީމް ބިލްޑިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
އައްޑޫ ސިޓީ މަރަދޫ، ޓައުން އޮފީހުގެ މުވައްޒަފުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ކޮމިއުނިކޭޝަން އެންޑް ޓީމް ބިލްޑިންގ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ސަދަން އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި މިއަދު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މަރަދޫ ޓައުން އޮފީހުގެ 15 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ނިންމާލުމަށްފަހު ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމެވެ.
މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ތިއަރީ ކުލާހަކާއި ޕްރެކްޓިކަލް ކުލާހަކާ އެކުގައެވެ. ތިއަރީ ކްލާސްތައް ނަންގަވައިދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ނާޡިމް މުޙައްމަދެވެ. ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.
