logo
banner image

އެޑްވާންސް ސެޓްފިކެޓް އިން ހޯޓިކަލްޗަރގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ވަނީ ކޯހެއް ތަޢާރަފްކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައެވެ.

ހޯޓިކަލްޗަރއަކީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ގުޅޭ ދަނޑުވެރިކަމެވެ. އެމްއެންޔޫ އިން ތަޢާރަތްކޮއްފައިވާ މި ހޯޓިކަލްޗަރ ދަނޑުވެރިކަމުގެ ކޯހަކީ މޯލްޑިވިސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެމްއެންކިއުއެފް ލެވެލް 4 ގެ ކޯހެކެވެ.

މި އޮގަސްޓް އިންޓޭކްގައި، އެމްއެންޔޫގެ މާލެ، ލ.ގަން އަދި ސ.ހިތަދޫ ކެންޕަސްގައި މި ކޯސްފެށުމަށް ވަނީ ހަމަޖެހިފައެވެ. ބްލެންޑެޑް މޮޑާލިޓީގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ މި ކޯހަކީ 1 އަހަރުދުވަހުގެ މުއްދަތުގެ ކޯހެކެވެ.

އެމްއެންޔޫގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް މި ކޯހަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. އަދި ކޯހުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.