logo
banner image
ދިފާޢީ ވުޒާރާ

ދ.ބަނޑިދޫ ރުއްދަނޑެއްގައި ރޯވި އަލިފާން، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ދ.ބަނޑިދޫ އޮޑިހަރުގެ ކައިރީ ހުރި ރުއްދަނޑެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ރޭ 00:14 ހާއިރު ލިބުމާ އެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 02:04 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.