ބަޔޯޕެސްޓިސައިޑް: ކުދީނާފަތު ބޭސް
ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހެއެވެ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ގޮތުގައި ތައްޔާރު ކުރެވޭ ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ. މިފަދަ ބޭސްތައް ހިއްސާ ކުރުމުގެ ގޮތުން މި ބަލާލަނީ ކުދީނާފަތު ބޭސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
- 200 ގުރާމް ކުދީނާފަތް
- 3 ލީޓަރ ފެން
ބޭސް ތައްޔާރުކުރާނެ ގޮތް:
- ފަތްކޮޅު ހިމުންކޮށް ފުނޑާށެވެ.
- ފެން އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާށެވެ.
ބޭނުންކުރާނެ ގޮތް
ބަލިޖެހިފައިވާ ގަސްތަކަށް ޖަހާށެވެ.
ކޮންޓްރޯލްކުރެވޭނީ:
ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތައް
ނޯޓް: ފަހުން ބޭނުންކުރުމަށް ރައްކާކުރެވޭ ގަހުގެބައިތައް، ބަހައްޓަންވާނީ ރަނގަޅަށް ހިއްކާފައި ވައިދައުރުވާ އެއްޗެއްގައެވެ.
