logo
banner image
ޞިއްޙީ ވުޒާރާ

ހއ. ތުރާކުނު ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފި

ހއ. ތުރާކުނު ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ތުރާކުނު ޞިއްޙީ މަރުކަޒު އިތުރުކުރި ބައި ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުދި އާބާދީގެ ރަށްތަކުން ދެމުންގެންދާ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ލާމަރުކަޒީ އުސޫލުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވަމުން ގެންދާކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނަމުންދާއިރު، މިކަމުގެ ސަބަބުން ޚިދުމަތް ހޯދުމުގައި ރައްޔިޔިތުންނަށް ލުއި ފަސޭހަތކެއް ލިބިގެންދާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ތުރާކުނު ސިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއެކު މީޓިން ރޫމެއް ވަނީ ޤާއިމްކޮށްފައެވެ.

މި ރަސްމިއްޔާތަށްފަހު މިނިސްޓަރ ވަނީ ހއ. ތުރާކުނު މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ޞިއްޙީ މަރުކަޒުގެ ހާލަތު އޮޅުންފިލުވާ، ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.