އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ މިނިސްޓަރ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.
މި މަސައްކަތުގައި ދެފަރާތުން ގުޅިގެން ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް މަޝްވަރާކުރެވުނެވެ.
އަދި ރާއްޖޭގެ އިޤުތިޞާދުގައި ހަރަކާތްތެރިވާ އެކި އެކި ސިނާއަތްތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ، ގުޅިގެން ހައްލު ހޯދުމަށް، އެފަރާތްތަކާ އެކުވެސް މަޝްވަރާތައް ކުރެވެމުންދާކަން ދަންނަވަމެވެ.
