ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 6 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 7 ވަނަ މާއްދާއެވެ.
8. ނަން އިއުލާންކުރުމާއި ދަފުތަރު ބެލެހެއްޓުން
(ހ) ޖިއޮގްރަފިކް ތަންތަނަށް ނަމެއް ކިއުމަށް ނުވަތަ އެފަދަ ތަނެއްގެ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ކޮމެޓީން ފާސްވުމަށްފަހު، އެ ނަމެއް މިނިސްޓްރީން އާއްމުކޮށް އިޢުލާނުކޮށް ޝާއިޢުކުރަންވާނެ އެވެ.
(ށ) މި މާއްދާގެ ހ ގެ ދަށުން، އާއްމުކޮށް އިޢުލާނުކޮށް ޝާއިޢުކުރުމަށްފަހު ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާއި ހާހަލުގެ ރަސްމީ ދަފުތަރު މިނިސްޓްރީން އަދާާހަމަކުރަންވާނެ އެވެ.
9. ނަން ރަސްމީވުމާއި ބޭނުންކުރުން ލާޒިމްވުން
(ހ) ޖިއޮގްރަފިކް ނަންނަތާކާއި ބެހޭ ކޮމެޓީން ނަމެއް ފާސްކޮށް އެ ނަމެއް މިނިސްޓްރީން އިޢުލާންކުރުމުން، އެ ނަމަކީ އެތަނަށް ކިޔާ ރަސްމީީ ނަންކަމުގައި ހަމަޖެހުނީއެވެ.
(ށ) ވަކި ތަނަކަށް ކިޔާނެ ނަމެއް ފާސްވުމަށްފަހު، އެތަނަކަށް ރަސްމީކޮށް މުޚާޠަބުކުރަންވާނީ، އަދި ރަސްމީ ލިއުންތަކުގައި ބޭނުންކުރަންވާނީ ފާސްކޮށްފައިވާ ނަމެވެ.
(ނ) ޖިއޮގްރަފިކް ނަންނަތާކާއި ބެހޭ ކޮމެޓީން ނަމެއް ފާސްކޮށް އިޢުލާންކުރުމަށްފަހު، ދިވެހިރާއްޖޭގެ ރަސްމީ ޗާޓުގައި އެތަނެއް ފާހަގަކޮށް، އެތަނަށް ކިޔާ ނަމުގެ ގޮތުގައި އެތަނެއް ހިމަނަންވާނެއެވެ.
(ރ) ފާސްކޮށް އިއުލާންކޮށްފައިވާ ނަމެއް، އަސްލާ އެއްގޮތްނޫން ގޮތަކަށް ބޭނުންކުރާ ކަމަށް ފާހަގަކުރެވިއްޖެ ނަމަ، އެކަން އިސްލާހުކުރުމަށް އެންގުމަކީ ނުވަތަ އާއްމުންގެ ސަމާލުކަމަށް ގެނައުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
