ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 5 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 7 ވަނަ މާއްދާއެވެ.
7. އުސޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާމެދު ޢަމަލުކުރާނެ އިޖުރާތު
(ހ) ނަން ކިއުމަށް މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތައް ފުރަތަމަ ދިރާސާކުރާނީ، މިނިސްޓްރީންނެެވެ. މިގޮތުން ލިބޭ ކޮންމެ ހުށަހެޅުމެއްގައި އުސޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާމެދު ޢަމަލުކުރާނެ ޢިޖުރާޢަތު ފުރިހަމަވޭތޯ ބަލައި، ކަށަވަރުކުރަންވާނެ އެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާނަމަ ނުވަތަ ހުށަހެޅުމަކާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާކަމަށް މިނިސްޓްރީއަށް ފެންނަ ނަމަ، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް އަންގައިގެން ނުވަތަ ދައުލަތުގެ އިދާރާއެއްގައި އެދިގެން މިނިސްޓްރީއަށް ބޭނުންވާ މަޢުލޫމާތު ހޯދަންވާނެއެވެ.
(ށ) ނަން ކިއުމަށް މިނިސްޓްރީއަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް މިނިސްޓްރީން ދިރާސާކުރުމަށްފަހު، އެންމެހާ ލިޔެކިއުންތަކާއެކު، އެ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބޭ ތާރީޙުން ފެށިގެެން 15 (ދުވަހު) ގެ ތެރޭގައި ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމެޓީއަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ އުސޫލުން ކޮންމެ ހުށަހެޅުމެއް ދިރާސާކުރުމަށްފަހު، ޖިއޮގްރަފިކް ނަންތަކާއިބެހޭ ކޮމެޓީއަށް، މިނިސްޓްރީއަށް ހުށަހަޅާ ތާރީޙުން ފެށިގެެން 15 (ދުވަހު) އެ ހުށަހެޅުމަކާމެދު ކޮމެޓީން ގޮތެއް ނިންމަންވާނެއެވެ.
(ރ) ނަންކިއުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާމެދު ކޮމެޓީން ނިންމި ގޮތް، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް މިނިސްޓްރީން ލިއުމުން އަންގަންވާނެ އެވެ. މިގޮތުން، ނަމެއް ފާސްކޮށްދިނުމަށް ނުފެންނަ ކަމަށް ނިންމާ ހާލަތުގައި، އެ ނަމެއް ފާސްކޮށްދެވެން ނެތް ސަބަބު ސާފުކޮށް ބަޔާންކުރަންވާނެ އެވެ.
