logo
banner image

ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 3 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 5 ވަނަ މާއްދާއެވެ.

5. ނަން ފާސްކުރުމުގެ މިންގަނޑުތައް

(ހ) މި އުސޫލުގެދަށުން ނަން ކިއުމަށްޓަކައި ނުވަތަ ނަމަކަށް ބަދަލުގެނައުމަށްޓަކައި ނަން ފާސްކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެ އެވެ.

(1) ދިވެހިބަހުން ކިޔާ ނަމެއްކަމުގައި ވުން،

(2) އާއްމު އިޖުތިމާޢީ މިންގަނޑުތަކަށާއި، އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނަމެއްކަމުގައި ވުން،

(3) ކިޔަން ފަސޭހަ، ރީތި ސާދާ ނަމަކަށްވުން،

(4) އެހެން ތަނަކަށް ކިޔާފައިވާ ނަމަކަށް ނުވުން،

(5) މީހަކަށް ކިޔާ ނަމަކަށް ނުވުން، ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން،

(ށ) ރަށަކަށް ނުވަތަ ފަޅަކަށް ނަންކިއުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެ އެވެ.

(1) އެ ތަނެއްގެ ޤުދުރަތީ ޢުމުރު،

(2) އެ ތަނެއްގެ ނުވަތަ ސަރަހައްދެއްގެ ތާރީޚް،

(3) އެ ތަނެއް އޮތް ތަން (ސަރަހައްދު ނުވަތަ ހިސާބުގަނޑު).

(4) އެ ތަނެއް އުފެދުމުގައި ހުރި ސިފަތައް (މިސާލު، އުސްފުށި، ބާރަށް)،

(5) އެ ތަނެއްގެ ކުޑަ ބޮޑުމިން (މިސާލު، ބޮޑުފިނޮޅު، ކުޑަރަށް)،

(6) އެ ތަނެއްގެ ހާއްޞިއްޔަތު (އެ ތަނެއްގައިވާ ނުވަތަ އެތަނެއްގެ ވަށައިގެންވާ ވަސީލަތްތަކާއި ދިރުންތައް ނުވަތަ ޖި އޮލޮޖިކަލް ޕީޗާސް)،