ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 2 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 4 ވަނަ މާއްދާއެވެ.
4. ނަން ކިއުމަށް ހުށަހެޅުން
މި އުސޫލުގެދަށުން ނަން ކިއުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައިި އާއްމުކުރާ ފޯމް މެދުވެރިކޮށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށެވެ.
(1) ދައުލަތުގެ އޮފީހަކުން ހުށަހަޅާ ހުށަހެޅުންތައް، އެ އޮފީހަކުން.
(2) އަމިއްލަ ފަރާތަކުން ނުވަތަ ޖަމުޢިއްޔާއަަކުން ނުވަތަ ކުންފުންޏަކުން ހުށަހަޅާ ހުށަހެޅުންތައް، ކަމާބެހޭ ވުޒާރާ މެދުވެރިކޮށް،
(ށ) ރަށަކަށް ނުވަތަ ފަޅަކަށް ދީފައިވާ ނަމެއް، ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލުގެނައުމަށް ހުށަހެޅޭނީ، ދައުލަތުގެ އިދާރާއަކަށް ނުވަތަ އެތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތަކަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށް އެކަންޏެވެ.
(ނ) މިި މާއްދާހެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއެއް ފިޔަފައި އެހެން ފަރާތަކުން ރަށަކަށް ނަމެއް ކިއުމަށް ހުށަހެޅޭނީ، އެ ފަރާތަކުން ހިއްކާފައިވާ ރަށެއްކަމުގައި ވާނަމައެވެ.
(ރ) ނަން ކިއުމަށް ނުވަތަ ނަން ބަދަލުކުރުމަށް ނުވަތަ ނަމުގެ ބައެއް ބަދަލުކުރުމަށް ހުށަހަޅާއިރު، ހުށަހަޅާ ފަރާތުން އެތަނަށް ކިއުމަށް އެދޭ ނަމެއް ނުވަތަ ނަންތަކެއް ބަޔާންކުރަންވާނެއެވެ.
