logo
banner image

ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 1 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 1. ވަނަ މާއްދާއިންް ފެށިގެންް 3 ވަނަ މާއްދާ އާއި ހަމައަށެވެ.

1. ތަޢާރަފް

މިއީ، ޖިިއޮގްރަފިކް ތަންތަނުގެ ތެރެއިން، ވަކިނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިއުމާއި، އަލަށް އުފައްދާާ ތަންތަނަށް ނަން ކިއުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިއުމާއި، ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާއްމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެތަނަށް ކިއުމުގައި ނުވަތަ ބޭނުންކުރަމުން އަންނަ ނަމެއް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވާާލާފައިވާ އުސޫލެކެވެ.

2. މަގްސަދު

މި އުސޫލުގެ މަގުސަދަކީ ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމަށްޓަކައި ނަން ފާސްކުރުުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަން ކިއުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާތުތައް ބަޔާންކުރުމެވެ.

3. މިި އުސޫލުގެދަށުން ނަން ކިޔާނެ ތަންތަން

މި އުސޫލުގެ ދަށުން ނަން ކިޔާނީ އަންނަނިވި ޖިއޮގްރަފިކް ތަންތަނަށެވެ.

(ހ) ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަން.

(ށ) އަލަށް އުފަށްދާ ތަންތަން.

(ނ) ވަކި ނަމެއް ކިޔައިފައިނުވާ ތަންތަން.

(ރ) އެތަނަކަށް އާއްމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެ ތަނަކަށް ކިއުމަށް ބޭނުންވާ ކޮންމެ ތަނެއް.

(ބ) ދީފައިވާ ނަން ބަދަލުކުރުމަށް ބޭނުންވާ ތަންތަން.