ސިންގަލްޔޫސް ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް އަލުން ބޭނުންކުރުމާ ގުޅޭ
ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. މި ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ވަކިވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ PET)އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމުގައި ދަންނަވަމެވެ. އަދި މިއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތަކަށްވާއިރު، ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މި ފުޅީގައި ބަންދުކުރާކަން ވެސް ވަނީ ފާހަގަވެފައެވެ. މިއީ، މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރީޢާއިން އިންސާނުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތް ކަމެއްކަމުގައި ދަންނަވަމެވެ.
ވީމާ، ބޯފެނާއި ލުއިބުއިންތައް ހުސްކުރިި PET ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އަންގަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3034213 / 7603204 ފޯނަށް ގުޅުއްވުން އެދެމެވެ.
