ކ. ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު
ކ. ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) މޮޑެލްގެ ދަށުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢެއް ފަރުމާކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު.
ތާރީޚް: 07 ފެބުރުވަރީ 2026
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ، ދިވެހިރާއްޖެ (ވުޒާރާ) ގެ ފަރާތުން، ކ. ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢެއް ފަރުމާކޮށް، ތަރައްޤީކޮށް އަދި ހިންގާނެ ޤާބިލު ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ނުވަތަ ޖަމްޢިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިސްނެގުމަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އަދި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ހޮވޭ ފަރާތަކުން، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ވިޔަފާރީގެ ގޮތުން ފައިދާހުރި އަދި ރަށު ފެންވަރުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، ޤައުމީ ކާނާގެ ރައްކާތެރިކަމުގެ މަޝްރޫޢަށް އެއްބާރުލުން ލިބޭނެފަދަ ނަމޫނާ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރަންވާނެއެވެ.
މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހާއި އެއާ ގުޅޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ .ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި (Value addition)، ރަށު ފެންވަރުގައި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގެ އިތުރުން ދަނޑުވެރިންނާއި ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އިސްކަންދޭ ޕްރޮޕޯސަލްތައް ހުށަހެޅުމަށް މި ވުޒާރާ ބާރުއަޅައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަޝްރޫޢާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ ނުވަތަ ސުވާލެއް އޮތްނަމަ، 1 މާރިޗު 2026 ވާ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ލިޔުމުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތުގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި، ސާފުކޮށްދެވޭ ކަންކަން މި މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަކާ ހިއްސާކުރެވޭނެއެވެ.
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި
ފުރިހަމަ ކުރެވިފައިވާ ޕްރޮޕޯސަލްތައް (ޓެކްނިކަލް އަދި ފައިނޭންޝަލް) 26 މާރިޗު 2026 ވާ ދުވަހުގެ 13:00 ގެ ކުރިން (ދިވެހިރާއްޖޭގެ ގަޑިން) [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ.
ގުޅޭނެ މަޢުލޫމާތު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
ވ. ޗަމްޕާޕޫލް ވިލާ، 5 ވަނަ ފަންގިފިލާ
މަޖީދީމަގު، މާލެ، ދިވެހިރާއްޖެ.
ގުޅޭނެ ނަންބަރު: 3309309 (960+)
އީމެއިލް: [email protected]
