ނ.އަތޮޅަށް މިނިސްޓަރ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ނ.އަތޮޅަށް މިނިސްޓަރ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ނ. އަތޮޅަށް މިނިސްޓަރ ދަތުރުކުރައްވާފައިވަނީ މިމަހުގެ 01 އިން 03 ކަށެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި ނ.އަތޮޅު ހޮސްޕިޓަލްގައި ނަފްސާނީ ބަލީގެ ޚިދުމަތާއި،ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވާފައެވެ. އަދި ނ.މިލަދު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޚިދުމަތް ފެށުމާއި އަދި އައު އިމާރާތް ހުޅުވުމާއިއެކު ނ.މާފަރު، އަދި މާޅެންދޫ ޞިއްޙީ މަރުކަޒުގައިވެސް ލެބޯޓަރީގެ ޚިދުމަތް ވަނީ ފައްޓަވާފައެވެ. މީގެއިތުރުން ނ.އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ މަރުކަޒުތަކުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް،ޙިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
