logo
banner image

ހދ. އަތޮޅު ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި އެ އަތޮޅުގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ކައުންސިލް މެންބަރުން ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދެމުންދާ ބްލޮކް ގްރާންޓާ ގުޅިގެން ހުރި ބައެއް ކަންކަން މިނިސްޓަރ އަރިހުން އޮޅުންފިލުއްވައިފައެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާޙްތަކާއެކު އަތޮޅު ކައުންސިލުތައް އުވިގެން ދިޔުމުން ދެން ކަންކަން ހިނގާނެ ގޮތުގެ މަޢުލޫމާތު ވެސް ކައުންސިލް މެންބަރުން އޮޅުންފިލުއްވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު ރަޝީދު ވިދާޅުވީ މިނިސްޓްރީން އެ އަތޮޅުގައި 12 މަޝްރޫއެއް ހިންގަމުންދާ ކަމަށެވެ. އަދި އެ މަޝްރޫޢުތަކުގެ އިތުރު ތަފްސީލު ވެސް ސްޓޭޓް މިނިސްޓަރ ދެއްވިއެވެ.

މި ބައްދަވުމުގައި އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެ ބޭފުޅުންނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.