logo
banner image

ހދ. އަތޮޅު ކައުންސިލާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ހދ. އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އެ އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަތޮޅުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ ތަފްޞީލުތަކުގެ މައްޗަށެވެ. މީގެ އިތުރުން، މަސައްކަތް ފެށި ނުނިމި ހުރި މަޝްރޫޢުތައް މުރާޖަޢާކޮށް، އެ މަސައްކަތްތައް ހަލުވިކަމާއެކު ނިންމޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އަތޮޅުގެ ކުރިއެރުމަށްޓަކައި އަދި ނުފެށި ހުރި މުހިންމު އިސްނެގުންތަކާއި މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ. މިނިސްޓްރީގެ އަމާޒަކީ ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމުގައި ކައުންސިލްތަކާ ގާތުން މަސައްކަތްކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.

ހދ. އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، މަސައްކަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ އެއްބަސްވުންތަކަކަށް އައިސްފައެވެ.