logo
banner image

ޓެކްސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދަށް ގެނެވުނު 4 ވަނަ އިސްލާހު

ޓެކްސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދަށް ގެނެވުނު 4 ވަނަ އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ބަދަލުތަކަކީ ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ޑްރައިވަރުންނާއި ސެންޓަރުތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެކެވެ.

އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އުޅަނދުތަކުގެ އެންމެ މަދު އަދަދު ވަނީ ދަށްކޮށްފައެވެ. އަދި ލައިސަންސް ލިބިފައިވާ ޑްރައިވަރުންނަށް އެއްފަހަރާ ދެ ސެންޓަރެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ދޭ ޓެކްސީގެ ޚިދުމަތްތައް އިތުރަށް ތަރުތީބުކޮށް، އެފަދަ ޚިދުމަތްތައް ބެލެހެއްޓޭނެ ނިޒާމެއް މި އިސްލާހުގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ އާންމުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި އަދި ފަސޭހަ ނިޒާމަކަށް ހެދުމެވެ.