logo
banner image

ޔޫތު މިނިސްޓްރީން ބާއްވާ "އޯޕަން ޑޭ 2026"އަށް ބާކީ 1 ދުވަސް!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން "އޯޕަން ޑޭ2026 " އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބު (ލިލީ މަގު)ގައި 30 އަދި 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި މިނިސްޓްރީގެ ދަށު އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ލައިވް ޕަރފޯމަންސްތަކާއި ތަފާތު ގޭމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.