logo
banner image
ޚާރިޖީ ވުޒާރާ

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރަށް އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޕެނީ ވޮންގް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް، އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ އާދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އެހީތެރިވެދެމުންދާ އިތުބާރު ހުރި މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮސްޓްރޭލިއާ ވާކަން ވަޒަންކުރަމެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކަނޑުގެ ސަލާމަތާއި، ތިމާވެށީގެ ދެމެހެއްޓެނިވި ދާއިރާތައް ހިމެނޭކަން އިޙްލާސްތެރިކަމާއެކު ފާހަގަކުރަމެވެ.

އަދި އަޅުގަނޑުމެންގެ ދެ ޤައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުމަކީ ދެޤައުމުގެ ގުޅުންތަކުގެ ބިންގާއެއްގެ ގޮތުގައި ދެމި އޮތުމުގެ ހެއްކެކެވެ، މިގޮތުން ތަޢުލީމާއި ހުނަރު ބިނާކުރުމުގެ ފުރުޞަތުތަކުގެ ތެރެއިން ދިވެހިން ބާރުވެރިކޮށްދީ، ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމްގެ ތެރެއިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ވަކީން ޚާއްޞަކޮށް ފާހަގަކުރަމެވެ.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ ޙިއްޞާކުރެވިފައިވާ އަޚްލާޤާއި، ދެޤައުމުގެ ކުރިއެރުމަށްދެވޭ އަހައްމިއްޔަތުކަމުގެ މައްޗަށެވެ. މުސްތަޤްބަލަށް ބަލާއިރު، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން ދިނުމާއި، ރައްޔިތުންގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."