logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.11 ދައުލަތުގެ މުދާ ދޫކޮށްލުމާއި، ރަހުނު ކުރުމާއި ނައްތައިލުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ މުދާ ދޫކޮށްލުމާއި، ރަހުނު ކުރުމާއި ނައްތައިލުން

12.11

(ހ) ދައުލަތުގެ މުދަލެއް ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތައިލަންވާނީ، އެ ކަންކަން ކުރުމަށް މިނިސްޓަރު ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ދައުލަތުގެ މުދަލެއް ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ނުވަތަ ނައްތައިލުމަށް ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށް މިނިސްޓްރީން އުސޫލެއް އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ވާނެއެވެ. އަދި މި އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަވި ކަންކަން ހިމަނަންވާނެއެވެ.

(1) ދޫކޮށްލުމަށް ނުވަތަ ރަހުނުކުރުމަށް ނުވަތަ ނައްތައިލުމަށް ބޭނުންވާ މުދަލުގެ ފުރިހަމަ ތަފުސީލު؛

(2) މުދާ ހުރި ތަނަކާއި، މުދާ ބަލަހައްޓަމުންގެންދާ ގޮތް؛

(3) މުދަލުގެ ފުރިހަމަ އަގު؛

(4) މި ކަންކަން ކުރުމަށް ބޭނުންވާ ސަބަބު؛

(5) މި ކަންކަން ކުރުމުގައި، ދައުލަތަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބޭނެކަމަށް ފެންނަނަމަ އެ ކަމެއް.