logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.10 ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުން

12.10

(ހ) ދައުލަތުގެ އޮފީސްތަކުން ދައުލަތުގެ މުދާ ވިއްކުމުގައި ޢަމަލުކުރާނީ، އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ.

(ށ) ދައުލަތުގެ މުދާ ވިއްކުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީން އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢު ކުރުމުން ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުނީ ކަމުގައެވެ. މި އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) އުސޫލުގެ ދަށުން ވިއްކޭނެ މުދަލުގެ ތަފުސީލު؛

(2) މުދާ ވިއްކުމަށް ކަނޑައެޅޭނެ ހާލަތްތައް؛

(3) ވިއްކާ މުދަލުގެ އަގު ކަނޑައަޅާނެ ގޮތް؛

(4) ރިޕޯޓު ކުރުން.