logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.07 ހިލޭ ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތް

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ހިލޭ ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެ ގޮތް

12.08

(ހ) ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންޖެހޭ ތަކެތި، މި ގަވާއިދުގެ 12.03 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީސްތަކަށް ހިލޭ ލިބޭ ތަކެތީގެ ތެރެއިން، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނަން ނުޖެހޭ ތަކެތި، މި ގަވާއިދުގެ 12.23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ބަލަހައްޓަންވާނެއެވެ.