"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.07 މާލީ އިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
މާލީ އިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން
12.07
މާލީ އިންވެސްޓްމަންޓްތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި، ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
(ހ) އޮފީހުގެ ނަން.
(ށ) އިންވެސްޓްމަންޓް ފެށި ތާރީޚު.
(ނ) އިންވެސްޓްމަންޓުގެ ބާވަތް.
(ރ) އިންވެސްޓްމަންޓުގެ މުއްދަތު ހަމަވާ ތާރީޚު.
(ބ) އިންވެސްޓްކޮށްފައިވާ އަދަދު.
(ޅ)އިންވެސްޓްކުރުމަށް ދީފައިވާ ހުއްދަ.
(ކ) ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ ފައިދާ.
