"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.04 ދައުލަތަށް ނެގޭ މުދާ
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ދައުލަތަށް ނެގޭ މުދާ
12.04
އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދު، ދައުލަތަށް ނަގާ މުދަލާމެދު ޢަމަލުކުރާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ އުސޫލާ އެއްގޮތަށެވެ. މި އުސޫލުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ދައުލަތަށް ނަގާ ފައިސާ ބެލެހެއްޓުން.
(ށ) ދައުލަތަށް ނަގާ މުދާ ބެލެހެއްޓުން.
(ނ) ދައުލަތަށް ނަގާ މުދާ ވިއްކައިލުމާއި ކުއްޔަށް ދިނުން.
(ރ) ދައުލަތަށް ނަގާ މުދާ ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ލިބޭ ފައިސާއާމެދު ޢަމަލުކުރަންވީ ގޮތް.
