logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.02 އިންޝުއަރކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

އިންޝުއަރކުރުން

12.02

(ހ) އިންޝުއަރކުރާނެ ފަރާތެއް ހޯދަންވާނީ، ބީލަމުގެ އުސޫލުން އާންމުކޮށް އިޢުލާނުކޮށްގެންނެވެ.

(ށ) އިންޝުއަރެންސް ކަވަރޭޖް އެކައުންޓަންޓް ޖެނެރަލް މުޠާލިޢާކުރަމުން ގެންދަންވާނެއެވެ.

(ނ) އިންޝުއަރެންސް ޕޮލިސީ އައުކުރުމުގެ ކުރިން، އިންޝުއަރކުރާ މުދަލުގެ އަގާއި މުއްދަތު އިތުރުކުރުމާމެދު ނުވަތަ އުނިކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ރ) އިންޝުއަރކޮށްފައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ލިބޭ ގެއްލުމަކާ ގުޅިގެން، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ކަންތައް މިނިސްޓްރީގެ ލަފާގެ މަތީން އެ އޮފީހަކުން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) އިންޝުއަރެންސް ޕޮލިސީއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.