logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.01 ދައުލަތުގެ މުދާ

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ މުދާ

12.01

(ހ) ދައުލަތުގެ މުދަލަކީ ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި ވަކި ފަރާތެއްގެ ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިވާ އުފުލޭ ނުވަތަ ނޫފުލޭ މުދަލެވެ.

(ށ) ދައުލަތުގެ ބަޖެޓުންނާއި ދައުލަތުން ބަލަހައްޓާ ފަންޑު އެކައުންޓުތަކުން ޚަރަދުކޮށްގެން ދައުލަތުގެ އޮފީސްތަކަށް ހޯދާ އެންމެހައި ހަރުމުދަލާއި، އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ހަރުމުދަލާއި، އެ ނޫން ގޮތްގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބޭ އެންމެހައި ހަރުމުދަލަކީ ދައުލަތުގެ މިލްކެކެވެ. މިގޮތުން ހޯދާ މުދަލުގެ ތެރެއިން ޤާނޫނީގޮތުން ރަޖިސްޓަރީކުރަންޖެހޭ ކޮންމެ މުދަލެއް ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ ރަޖިސްޓަރީކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.