logo
banner image

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން 2026 ވަނަ އަހަރުގެ ފުރުތަމަ ކެރިޔާ ގައިޑެންސް ފެޔަރ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޔުނިވާސިޓީ އެޑްމިޝަން (ކެރިޔާ ގައިޑެންސް) 2026ގެ ނަމުގައި އެމް.އެން.ޔޫގެ މައި ކެމްޕަހުގައި މި އިވެންޓް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 15، 18 އަދި 19 ވަނަ ދުވަހުގައެވެ. މި ތިން ދުވަހުގެ ހަވީރު 16:00 ކުން 18:00 އަށް ވަޒީފާގެ ރޮނގު ޚިޔާރުކުރުމާއި އެމް.އެން.ޔޫގައި ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭގޮތުން ސުވާލުއަހައި މަޢޫލޫމާތު ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފެބްރުއަރީ 2026 އިންޓޭކްގެ ދަށުން، ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ސެޓްފިކެޓް 3 ކުން ފެށިގެން ޕީ.އެޗް.ޑީއާއި ހަމައަށް މަތީ ތަޢުލީމު ހާޞިލުކުރުމަށް ވަނީ ހުޅުވާލެވިފައެވެ.