logo
banner image

ރާއްޖޭގައި ހައި ޕާފޯމަންސް ސެންޓަރއެއް ގާއިމްކުރަނީ!

ދިވެހިރާއްޖޭގައި ހައި ޕާފޯމަންސް ސެންޓަރއެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ހައި ޕާފޯމަންސް ސެންޓަރާ ގުޅޭ މައުލޫމާތު މިނިސްޓަރ ހިއްސާކުރައްވާފައިވަނީ މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ގައުމީ ދިދަ އުފުލާލާ އެތުލީޓު ހޮވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ލޯންގް ޓާމް އެތުލީޓް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލައި، ކުޅިވަރު އިތުރު ހަރުފަތަކަށް ކުރިއެރުވުމަށްޓަކައި، ހައި ޕާފޯމަންސް ސެންޓަރއެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި ފުރުސަތުގައި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަމާ ލަފާފުޅުގެ މަތިން އަޅުގަނޑުމެން މި ދަނީ ލޯންގްޓާމް އެތުލީޓް ޑިވެލޮޕްމެންޓް ޕްލޭނެއް އެކުލަވާލައި، ކުޅިވަރު އިތުރު ހަރުފަތަކަށް ކުރިއެރުވުމަށްޓަކައި، ހައި ޕާފޯމަންސް ސެންޓަރއެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ހައި ޕާފޯމަންސް ސެންޓަރއެއް ގާއިމްކުރުމުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.

"މިކަން ކުރުމަށް މަގުފަހިކޮށްދެއްވާފައިވާތީ މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ކުޅިވަރުގެ ވުޒާރާ އާއި ކުޅިވަރުގެ އާއިލާގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން." މިނިސްޓަރ ވިދާޅުވި އެވެ.