logo
banner image

ސާފިން އަދި ބޮޑީބޯޑިން އެރީނާގެ އަމަލީ މަސައްކަތް މޯލްޑިވްސް ޕްރޯއަށް ފަހު ފަށަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ސާފިން އަދި ބޮޑީބޯޑިން އެރީނާގެ އަމަލީ މަސައްކަތް "ވިޒިޓް މޯލްޑިވްސް ޕްރޯ 2024" އަށް ފަހު ފަށާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެ އެވެ.

އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ "ވިޒިޓް މޯލްޑިވްސް ޕްރޯ 2024" މިއަދު ވަނީ ފަށާފަ އެވެ. މި މުބާރާތުގައި ދުނިޔޭގެ 14 ގައުމަކުން 80 އަށްވުރެ ގިނަ ބައިވެރިން ވާދަކުރެ އެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ ވަރުނުލާ ރާޅުގަނޑުގައި އަޅާ ހާއްސަ އެރީނާގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕްރޯއަށް ފަހު ކަމަށެވެ.

"މި ސަރަހައްދުގައި ސާފިން އަދި ބޮޑީބޯޑިން އެރީނާގެ މަސައްކަތް މޯލްޑިވްސް ޕްރޯއަށްފަހު ފެށޭނެ" މިނިސްޓަރ ވިދާޅުވި އެވެ.

ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ.