މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުގެ ތެރެއިން
2024 ވަނަ އަހަރުން ފެށިގެން 07 ޖަނަވަރީ 2026އާއި ހަމައަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަށް ވަނީ ޝާއިއުކުރެވިފައެވެ.
ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މިހާތަނަށް 1،248،532،379.00 ރުފިޔާ ވަނީ ދަރިވަރުންނަށް ދޫކުރެވިފައެވެ. އަދި 2025 ވަނަ އަހަރު ޖުމްލަ 548،162،080.00 ރުފިޔާ ވަނީ މި ސްކީމްގެ ދަށުން ދޫކުރެވިފައެވެ. ދިވެހިރާއްޖޭގެ އިތުރުން ބޭރުގެ 36 ޤައުމެއްގައި މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކޮށް ޖުމްލަ 660 ދަރިވަރުން ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ދަސްވެނިވެފައެވެ.
ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން މިހާތަނަށް 471،088،211.00 ރުފިޔާ ދޫކުރެވިފައިވާއިރު، 2025 ވަނަ އަހަރު ޖުމްލަ 222،171،317.00 ރުފިޔާ ވަނީ ދޫކުރެވިފައެވެ. އަދި 2025 ވަނަ އަހަރު ޖުމްލަ 180 ދަރިވަރުން ވަނީ އެކި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ދަސްވެނިވެފައެވެ.
ފުރުތަމަ ޑިގްރީ ސްކީމްގެ ދަށުން މިހާތަނަށް 301،667،125.73 ރުފިޔާ ދޫކުރެވިފައިވާއިރު، 2025 ވަނަ އަހަރު ޖުމްލަ 151،302،259.00 ރުފިޔާ ވަނީ ދޫކުރެވިފައެވެ. އަދި 2025 ވަނަ އަހަރު، 3،286 ދަރިވަރުން ދަސްވެނިވެފައިވާއިރު، މިވަގުތު މި ސްކީމްގެ ދަށުން ޖުމްލަ 8،680 ދަރިވަރުން ދަނީ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންނެވެ.
