logo
banner image
ޚާރިޖީ ވުޒާރާ

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، 15 ޖެނުއަރީ 2026 އިން ފެށިގެން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ.

ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ:

https://share.google/a2ou52xtJUVC4fBy6

ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަންގެ އެޑްރެހާއި ގުޅޭނެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އެޑްރެސް : ޕްލޮޓް 10982، ނިރޮޅުމަގު 16 ، ހުޅުމާލެ، ދިވެހިރާއްޖެ

ފޯން3320859 :

އީމެއިލް: [email protected]