logo
banner image

2023 އަދި 2024 ވަނަ އަހަރު ންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުންޏަކީ މިފްކޯ

2023 އަދި 2024 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުންޏަކީ - މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރަށް ފޯރުކޮށް، ދިވެހި މަސްވެރިކަމުގެ މުޖުތަމަޢަށް އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގެ މަގުސަދުގައި އުފައްދައިފައިވާ ދައުލަތުގެ ކުންފުންޏެކެވެ.

މި ކުންފުނި އެންމެ ފުރަތަމަ ދިވެހި ދައުލަތުން ގާއިމު ކޮށްފައިވަނީ ފިޝަރީޒް ކޯޕަރޭޝަންގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެއަށްފަހު، ކުންފުނީގެ ނަން ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފް.ޕީ.އައި.ޑީ) އަށް ބަދަލު ކުރެވި، މިހާރުގެ ނަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް، ބަދަލު ކޮށްފައިވަނީ 1993 ގައެވެ.

މިފްކޯއިން އުފައްދާ މަހުގެ މައިގަނޑު އުފެއްދުންތަކަކީ ފަސްމީރު ބްރޭންޑްގެ ދަޅުމަހާއި، ގަނޑުކުރި މަހާއި (ފްރޯޒަން ޓުނާ)، އައިސް މަހާއި (ޗިލްޑް ފިޝް)، ފިޝް މީލް އަދި ވަޅޯމަހެވެ. އަދި އެކްސްޕޯޓު ބާޒާރުގައި ނަން މަޝްހޫރު ބައެއް ބްރޭންޑްތައް ކަމަށްވާ ވެއިޓްރޯސް، މާކްސް އެންޑް ސްޕެންސަރސް، ހޯލްފުޑްސް އަކީ މިފްކޯގެ އުފެއްދުންތައް ބަލައިގަނެފައިވާ ކުންފުނިތަކެވެ.