logo
banner image
ދިފާޢީ ވުޒާރާ

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ކެޑޭޓުންނާ ޑެޕިއުޓީ މިނިސްޓަރ ބައްދަލުކުރައްވައިފި

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ކެޑޭޓުންނާ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީ ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް، ނޭޕާލް، އިންޑިއާ، އަދި ސްރީލަންކާގެ 16 ކެޑޭޓުންނާއި، އެ ޤައުމުތަކުގެ 4 އާމީ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި، މިފަދަ ޕްރޮގަރާމެއްގެ ސަބަބުން ޙާސިލްވާނެ އެންމެ މުހިންމު ކަންތައްތަކަކީ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާވުމާއި، ގުޅިގެން ކުރިއަރައިދިއުމަށް މަގު ތަނަވަސްވުމާ އަދި ދުނިޔޭގެ ސުލްޙައާއި އަމާންކަމަށް އެކުގައި މަސައްކަތްކުރުން ކަމުގައެވެ.

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމަކީ، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއިން އިސްނަގައިގެން 2007 ވަނަ އަހަރުން ފެށިގެން މި ސަރަޙައްދުގެ ޤައުމުތަކަށް ދަޢުވަތުދީގެން، އަސްކަރީ ގުޅުންތައް ހަރުދަނާކުރުމަށާއި ސާގާފީ ހޭލުންތެރިކަން ކުރިއެރުވުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.