logo
banner image

ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

4 ޖަނަވަރީ 2025 ވަނަ ދުވަހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާ ދެއްވާފައެވެ.

ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 78,653,152.46 ރުފިޔާގެ އަގަށް 450 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ނަޑެއްލާގެ އައު އަދި ކުރީގެ ބަނދަރާއި ނެރު ފުން ކުރުން، 277.7 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން، 366.7 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 188 މީޓަރު ގްރޮއިން ޖެހުން، 534މީޓަރު އެލް-ބްލޮކް އެއްގަމުތޮށި ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، ރޭމްޕް އެޅުން އަދި ޕޭވްމަންޓް އަޅައި މަގު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.