"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 10 - 10.24 އަގުން އުނިކުރާގޮތަށް ތަކެތި ދިނުން
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 10 "ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
އަގުން އުނިކުރާގޮތަށް ތަކެތި ދިނުން
10.25
(ހ) ދައުލަތުގެ އޮފީސްތަކުން ކުރުވަންޖެހޭ މަސައްކަތްތައް ކުރުވުމުގައި ނުވަތަ ކޮންޓްރެކްޓްތައް ހިންގުމުގައި އެ މަސައްކަތަކަށް ނުވަތަ އެ ކަމަކަށް ބޭނުންވާ ހުރިހާ އެއްޗެއް ކޮންޓްރެކްޓަރު އަމިއްލައަށް ހޯދައިގެން ކުރެވެން ހުންނަ ހުރިހާ ކަމެއް ކުރުވަންވާނީ، ކޮންޓްރެކްޓަރުގެ އަމިއްލަ ތަކެތީގައެވެ. އެ ނޫން ކަންތައްތައް ކުރުވާނީ، އެ އޮފީހަކުން ތަކެތި ހޯދައިގެންނެވެ.
(ށ) އަގުން އުނިކުރާގޮތަށް ތަކެތި ދީގެން ކުރުވާ މަސައްކަތްތަކަށް، މަސައްކަތްކުރި ފަރާތަށް އަގު ދޭއިރު އަގު ދޭންވާނީ، އަގުން އުނިކުރާގޮތަށް ދެވުނު ތަކެތީގެ އަގު އުނިކުރުމަށްފަހުގައެވެ.