logo
banner image

މަސްދޯނި ފަހަރުން މިފްކޯއަށް ކިރުވި މަހުގެ ރިޕޯޓް

މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް އެ ކުންފުނިން ފައިސާ ދޫކޮށްފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ޖަނަވަރީ 01 ވަނަ ދުވަހު ޖުމްލަ 25 މަސްދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސްކިރުވާފައެވެ. މި ދޯނިފަހަރުން ކިރުވި މަހަށްވާ ފައިސާ، މި ހިނގާ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ވަނީ ދޯނިފަހަރަށް ދައްކާ ޚަލާޞްކޮށްފައެވެ.

މިގޮތުން މަސްވެރިންނަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދަކީ 1،508,161.16 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ސޯޅަ ލާރި) އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މިގޮތުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.