logo
banner image

ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހަރުދާނާކުރާ ސޮފްޓްވެއަރތައް މިނިސްޓަރ ލޯންޗުކޮށްދެއްވައިފި

ޞިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދާނާކުރުމަށް އަލަށް ބޭނުން ކުރަންފަށާ ސޮފްޓްވެއަރތައް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ލޯންޗުކޮށް ދެއްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރތައް މިނިސްޓަރ ލޯންޗްކޮށް ދެއްވިއިރު، މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ ލޯންޗްކުރެއްވި ސޮފްޓްވެއަރތަކުގެ ތެރޭގައި ހިމެނެނީ، ޞިއްޙީ ވުޒާރާއާ ކުރެވޭ މުއާމަލާތްތައް ޑިޖިޓަލްކޮށް ޓްރެކް ކުރުމާއި، ހެލްތު ސެންޓަރުތަކުގެ މެޑިކަލް ސްޓޮކް އަދި ބޭހުގެ ސްޓޮކް ޑިޖިޓަލްކޮށް ރިއަލް ޓައިމްގައި ބެލެހެއްޓުން ފަދަ ކަންކަމެވެ.

ޞިއްޙީ ވުޒާރާއާ ހިއްސާކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާކުރުމަށާއި، ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ސޮފްޓްވެއަރ ސޫޓްގެ ތެރޭގައި ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.