“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުޅުމާލެ ފޭސް 3ގައި އިމާރާތްކުރާ ހައުސިންގ މަޝްރޫޢުގެ ކޮންޓްރެކްޓް އެވޯޑުކޮށްފި
"ބޯހިޔާވެހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ބީއެމް.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ހަވާލުކުރާ ބިންތަކުގެ ތެރެއިން ހުޅުމާލެ ފޭސް-3 ގައި ޢިމާރާތްކުރާ ހައުސިންގ މަޝްރޫޢުގެ ކޮންޓްރެކްޓު އެވޯޑުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ ޢަބްދުﷲ މުއްޠަލިބު، ބައިވެރިވެވަޑައިގެންފިއެވެ.
މި މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތްތައް 2026ގެ ޖެނުއަރީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ބެންކް އޮފް މޯލްޑިވްސްގެ ގެ އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން މި ކޮންޓްރެކްޓުތައް އެވޯޑުކޮށްފައި ވަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އަށެވެ.
